ކައުންސިލް ލޮގިން

އަތޮޅު ކައުންސިލް

1940 ވަނަ އަހަރު ދިވެހި ރާއްޖެ އދ ގެ ފުރިހަމަ މިނިވަން ޤައުމެއްގެ ގޮތުގައި ހަމަ ޖެހުމާއެކު ރާއްޖޭގެ އަތޮޅުތައް ތަރައްޤީކުރުމުގެ މަޝްރޫއުގެ ފެށުމާއެކު ، އޭރު ރާއްޖޭގެ ވެރިޔަކަށް ހުންނެވި ސުމުވުލް އަމީރު އިބްރާހިމް ނާސިރުގެ ރާއްޖޭގެ ކޮންމެ އަތޮޅަކަށް އަތޮޅު ހިންގާނެ އިސްވެރިޔަކު ލައްވައި އެއަތޮޅެއްގެ އެއް ރަށެއްގައި ވެރިކަން ކުރާގޮތަށް ހަމަޖެއްސެވިއެވެ.އޭރު ރާއްޖޭގައި އޮތީ ވާރު ވެރިކަމެވެ. އެގޮތުން ބ.އަތޮޅުގެ ވެރިރަށެއްގެ ގޮތުގައި ހަމަ ޖެއްސީ މި އަތޮޅު ދަރަވަންދޫ އެވެ. ނަމަވެސް 1962 ވަނަ އަހަރުގެ ޖޫން މަހުގެ 4 ވަނަ ދުވަހުން ފެށިގެން ވެރިންކަން ކުރާ ރަށަކީ ބ.އޭދަފުއްޓެވެ.އޭރު ބ.އަތޮޅުގެ ވެރިޔަކަށް ހުންނެވީ ބ.އޭދަފުށީ ، ރޯޝަނީގެ އަލްމަރުޙޫމް ޔޫސުފް ކަލޭފާނެވެ. މި އަތޮޅުގައި ޖުމްލަ 31 ބޭފުޅުން އަތޮޅުވެރިކަން ކުރެއްވިއެވެ.

2011 ވަނަ އަހަރު ލާމަރުކަޒީ އުޞޫލުން އަތޮޅުތައް ހިންގުމުގެ ޤާނޫނަށް ޢަމަލު ކުރަންފެށުމާއެކު ، ''އަތޮޅު އޮފީސް '' ތަކުގެ ނަންވަނީ ''އަތޮޅު ކައުންސިލް އިދާރާ '' ގެ ނަމަށް ބަދަލުކުރެވިފައެވެ. ކުރީގަ އަތޮޅު ހިންގުމަށް އަތޮޅު ވެރިން ގެ ބަދަލުގައި މިހާރު ތިބީ އަތޮޅު 3 ދާއިރާއިރާކަށް ބަހާލެވި 1 (ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ތުޅާދޫ) ، 2 (ހިތާދޫ، އޭދަފުށި، މާޅޮސް) ، 3 (ދަރަވަންދޫ، ދޮންފަން، ކިހާދޫ، ކަމަދޫ، ކުޑަރިކިލު، ކެންދޫ) ކޮންމެ ދާއިރާއަކުން، އެދާއިރާގައި ހިމެނޭ ރަށްތަކުގެ ރައްޔިތުން ވޯޓް ދީގެން ހޮވާފައިވާ 2 ބޭފުޅުންނެވެ. 3 ދާއިރާއަކަށް ބަހާލެވިފައިވާތީ ޖުމްލަ އަތޮޅު ކައުންސިލްގެ މެންބަރުގެ ޢަދަކީ 6 ބޭފުޅުންނެވެ.

26 ފެބްރުއަރީ 2011 ވަނަ ދުވަހު ބ. އަތޮޅު ކައުންސިލަރުންގެ ގޮތުގައި ހުވާކުރެވީ ކެންދޫ ދާއިރާއިން ޢަލްފާޟިލް އަބްދުއްރަޙްމާން އަބްދުﷲ ، ދިލާސާގެ / ބ.ކެންދޫ ، އަލްފާޟިލް އަބްދުލް މުއުމިން އާދާމް ،ގުލްޝަންޕާގެ / ބ.ކެންދޫ، އޭދަފުށީ ދާއިރާއިން އަލްފާޟިލް އަބޫބަކުރު އަބްދުއްރަޙްމާން ، ކީސްވިލާ / ބ.މާޅޮސް ، އަލްފާޟިލް ޙުސައިން ޒަމީލް ، ގުލްޝަންކިނާރާ / ކ.މާލެ ، ތުޅާދޫ ދާއިރާއިން އަލްފާޟިލް އިބްރާހިމް ރަޝީދު ، ޗާންދަނީގެ / ބ.ތުޅާދޫ ، އަލްފާޟިލް މުޙައްމަދު އާދިލް ، ވައިމަތީގެ / ބ.ގޮއިދޫ އެވެ .

26 ފެބްރުއަރީ 2014 ގައި ދެވަނަ ދައުރަކަށް އަތޮޅުކައުންސިލަރުންނަށް ހުވާކުރެއްވި ކައުންސިލަރުންނަކީ ، ކެންދޫ ދާއިރާ އިން ޢަލީ ނާއިޛް ، ރޯޒްމީޑް / ބ.ކަމަދޫ ، ޙަސަން ސިރާޖް ، ހަވީރީނާޒް / ބ.ކުޑަރިކިލު ، އޭދަފުށީ ދާއިރާއިން މަބުރޫކު ނަޞީރު ، މީނާޒު /ބ. އޭދަފުށި ، އިބްރާހިމް ރަޝީދު ހީނާމާގެ / ބ.އޭދަފުށި ތުޅާދޫ ދާއިރާއިން ، މުހައްމަދު އާދިލް ، ވައިމަތީގެ / ބ.ގޮއިދޫ ، އިބްރާހިމް ޝަރީފް ، ދޭލިޔާގެ / ބ.ތުޅާދޫއެވެ.

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit