ކައުންސިލް ލޮގިން

ކިހާދޫ

ބ. ކިހާދޫ އަކީ އަތޮޅު އުތުރުން މެދުތެރޭގައިވާ، އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ހަތަރުވަނައަށް އެންމެބޮޑު ރަށެވެ. ބޮޑުމިނުގައި 26.40 ހެކްޓަރ ހުންނަ މިރަށަކީ ވެރިކަންކުރާ ރަށް، އޭދަފުށީގެ އުތުރުން، އޭދަފުއްޓާ ދުރުގައިވާ ރަށެކެވެ. މިރަށުގެ މީހުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި ވަޒީފާއަދާކުރުން އަދި ފަންގިވިނުމުގެ މަސައްކަތެވެ. މިރަށުމީހުން ކުރާ މަސްވެރިކަމުގެ ތެރޭގައި ފަރު މަސްވެރިކަމާއި ދޮށީގެ މަސްވެރިކަން ހިމެނެއެވެ. ރަށުގެ ވަށައިގެން ރިސޯޓުތައް އޮތުމުގެ ސަބަބުން އެންމެ ގިނަ މީހުން ކޮށްއުޅެނީ ފަރުމަސްވެރިކަމެވެ. މީގެ އިތުރުން އާމްދަނީ ހޯދުމުގެ ގޮތުން މިރަށުގެ ބައެއް މީސްމީހުން ވިޔަފާރި ކުރުމާއި ސައިހޮޓާ ހިންގުންފަދަ މަސައްކަތާއި ރިސޯޓު ތަކުގައިވެސް މަސައްކަތް ކުރަމުން ދެއެވެ.

ކިހާދޫއަކީ 168*354 ފޫޓުގެ ބަނދަރެއް 1997 ގައި އަމިއްލަފަރާތަކާއި ރައްޔިތުންގުޅިގެން ހަދަންފެށިފައިވާ ރަށެކެވެ. ނަމަވަސް ބަނދަރުގެ މަސައްކަތް ފެށިގެން ވަކިހިސާބަކަށް މަސައްކަތްކުރުމަށްފަހު، ބަޖެޓްގެ ދަތިކަން ދިމާވުމުގެ މަސައްކަތް އިތުރަށްކުރިއަށްނުގެންދެވި ހުއްޓުމުގެ ސަބަބުން ބަނދަރު ބޭނުންނުކުރެވޭވަރަށް މިހާރުވަނީ ހަލާކްވެފައެވެ، ބަނދަރުގެ ބޭރުތޮށި މަރާމާތުކުރުމުގެ މަސައްކަތް ކިހާދޫގެ ރައްޔިތުން އެތަކެއްފަހަރުމަތިން ކޮށްފައިވާކަން ފާހަގަކުރެވެއެވެ. މިރަށަކީ ޒަމާނުއްސުރެ ފެށިގެން މިއަދާ ހަމައަށްވެސް ޘަޤާފީ އެކިއެކި ކުޅިވަރުތައް ކުޅެމުންދާ ރަށެކެވެ. މިރަށުގައި ކުޅެމުންދާ ކުޅިވަރުގެ ތެރޭގައި ބޮޑުބެރު، ދަފިނެގުން، މާފަތި ނެށުން، ދަނޑި ޖެހުން ހިމެނެއެވެ.

ރަށުގެ ބޮޑުމިން މިސާލު: 26.4 ހެކްޓަރ
ރަށުގެ އާބަދީ : އަންހެން 237/ ފިރިހެން 222
ޖުމްލަ: 459 ( 2014 ޖޫން މަހުގެ ނިޔަލަށް )
65 އަހަރުން މަތީގެ މީހުން އަދަދު : 11
އެކަނިވެރިމައިން( ސަރުކާރުން ފައިސާ ދެއްވާ ފަރާތްތަކުގެ ޢަދަދު ) 2
ނުކުޅެދޭ ކުދިންގެ ޢަދަދު ( ސަރުކާރުން ފައިސާ ދެއްވާ ފަރާތްތަކުގެ އަދަދު ) 5

ސިއްޙަތު

ކިހާދޫ ސިއްޙީމަރުކަޒުގައި މަސައްކަތް ކުރަށްވަނީ 1 ނަރުހެވެ. އަދި ކިހާދޫގައި ބޭސް ފިހާރައެއް ޤާއިމް ކުރެވިފައެއްނުވެއެވެ.

ތައުލީމް

ކިހާދޫ ސްކޫލަކީ 89 ދަރިވަރުން ތަޢުލީމް ހާސިލްކުރަމުން ގެންދަވާ ސްކޫލެކެވެ. ކިޔަވައިދެއްވުމުގައި __ ދިވެހި ޓީޗަރުންނާއި __ ބިދޭސީ ޓީޗަރުން މަސައްކަތްކުރަށްވައެވެ. ކިހާދޫ ސްކޫލްގައި ގްރޭޑް 10 އަށް ކިޔަވައިދެއްވައެވެ.

ކިހާދޫގެ ތާރީޚް
ކާބަފައިންގެ ޒަމާނުގައި މިރަށުގައި މީހުން އުޅެމުން އައީ އިރުމަތީކޮޅުގައެވެ. މި އަވަށް ދޫކޮށް މިހާރު މީހުން އުޅެމުންދާ ސަރަޙައްދަށް ( ރަށުގެ ހުޅަނގު ކޮޅަށް ) ބަދަލުވީ ހިޖްރައިން 1350 ހ ވަނަ އަހަރުގެ ޖުމާދަލްއާޚިރާމަހުގެ 2 ވަނަ ދުވަހުއެވެ. މި ބަދަލުވުން ބަދަލުވިކަމަށް ވެފައިވަނީ އިރުމަތީ އަވަށުގެ ފެންލޮނުވުމާއި މިނި އާލާނުވާތީ ރަށުގެ ވެރިންނާއި ރައްޔިތުންނަށް ފެނިގެން ސަރުކާރުގެ ހުއްދައާއެކުއެވެ. އިރުމަތީ އަވަށަށް ބަދަލުވުމަށްޓަކައި އެދުވަހު ހުރިހާ އެންމެން އެއްކޮށް ދޯނި ދޯންޏަށް އަރައިގެން ފަޅުން ނުކުމެ ކަނޑު ދަތުރުކޮށްފައި އައިސް ރަށުގެ ހުޅަނގު އުތުރުކަނުގައި އޮންނަނެރުން ވަދެ ހުރިހާ އެންމެން ރަށަށް އެރީ އެއްވަގުތެއްގައެވެ. އޭރު ރަށުގެ ވެރިޔަކަށް ހުންނެވީ ކިހާދު މުދިމް ، އަސުރުމާގޭ މުޙައްމަދު އަބޫބަކުރެވެ.
ކިޔާފައިވަނީ: 6303 ފަހަރު އެންމެފަހުން އަޕްޑޭޓް ކޮށްފައިވަނީ : ހޯމަ, 30 މާޗް 2015 12:06

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit