ކައުންސިލް ލޮގިން

މާޅޮސް

މި ރަށަކީ އަތޮޅުވެރިކަންކުރާ ރަށް އޭދަފުއްޓާ އެންމެ ކައިރީގައި އޮންނަ މީހުން ދިރިއުޅޭ ރަށެވެ. މިރަށުގެ ރައްޔިތުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި، ސަރުކާރުވަޒީފާ އަދާކުރުމާއި، ކޮންސްޓްރަކްޝަން މަސައްކަތް އަދި ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތަކެވެ. މަސްވެރިކަމުން އާމްދަނީ ހޯދަނީ ވަރަށް މަދު ބައެކެވެ. މީގެ އިތުރުން އާމްދަނީ ހޯދުމުގެ ގޮތުން މިރަށުގެ ބައެއް މީސްމީހުންވިޔަފާރި ކުރުމާއި ސައިހޮޓާ ހިންގުންފަދަ މަސައްކަތްތައް ކުރެއެވެ.
މާޅޮހުގެ މިހާރުގެ (2014 ޖޫންގެ ނިޔަލަށް) އާބާދީ އަކީ 664 ކެވެ. އެއީ 341 އަންހެނުންނާއި 323 ފިރިހެނުންނެވެ. ރަށުގެ އާބާދީ އިތުރުވާ ނިސްބަތަކީ އަހަރަކު 10 އާއި 15 އާ ދެމެދުގެ އަދަދެކެވެ. ރަށުގެ އާބާދީ ކުޑަކަމުން ތަރައްޤީގެ ގިނަކަންކަމަށް އޭގެ އަސަރުފޯރާފައިވެއެވެ.
މިރަށަކީ އޮޑި ދޯނިފަހަރު ގިނަ ފަޅުގެ ދަތިކަން ބޮޑު ރަށެކެވެ. ރަށުގައި 64000 އަކަފޫޓްގެ ބަދަރެއް، ރައްޔިތުންގެ މަސައްކަތުން ހަދާފައިވެއެވެ. ސުނާމީއާއި، އުދައެރުމުގެ ހާދިސާތަކުގެ ސަބަބުން ބަނދަރު މިހާރުވަނީ ވަރަށް ބޮޑަށް ހަލާކުވެ މަރާމަތުކުރުމަށް ބޭނުންވެފައެވެ.
މިރަށަކީ ޒަމާނުއްސުރެ ފެށިގެން މިއަދާ ހަމައަށްވެސް ޘަޤާފީ އެކިއެކި ކުޅިވަރުތައް ކުޅެމުންދާ ރަށެކެވެ. މިރަށުގައި ކުޅެމުންދާ ކުޅިވަރުގެ ތެރޭގައި ބޮޑުބެރު، ގާއޮޑި އަދި ދަނޑި ޖެހުން ހިމެނެއެވެ.

ކައުންސިލްގެ އިދާރާ
މިހާރު ކައުންސިލްގެ އިދާރާ ހިންގާ ޢިމާރާތަކީ ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ސަރުކާރުން ޢިމާރާތް ކޮށްދެއްވާފައިވާ އޮފީހެކެވެ.
ތަޢުލީމު
ސަރުކާރުގެ އެހީގައި ރައްޔިތުން އިމާރާތްކޮށްފައިވާ މަދަރުސާއެއް މިރަށުގައި ހުރެއެވެ. މިހާރުހުރި ސުކޫލު އިމާރާތް ކުރެވި ހުޅުވިފައިވަނީ 1993 ގައެވެ.
2006 ވަނަ އަހަރު ސެކަންޑަރީ ތަޢުލީމް ދޭންފެށި މާޅޮހު މަދަރުސާގައި 102 ކުދިން ކިޔަވަމުންދެއެވެ. ގްރޭޑް 1 ން 10 އަށް ކިޔަވައިދެމުން ދެއެވެ. މަދަރުސާގައި ލައިބްރަރީ އާއި ކޮމްޕއިޓަރލެބްގެ ޚިދުމަތް ދެވެމުންދެއެވެ. އަދި މާޅޮހު އ-ސެންޓަރުގެ ޚިދުމަތް މަދަރުސާގެ ކޮމްޕިއުޓަރ ލެބްގައި ދެވެމުން ދެއެވެ.
ޕްރީސުކޫލު ތަޢުލީމް ދެމުން ގެންދަނީ ކައުންސިލް އިދާރާގެ ޕްރީސުކޫލު އިމާރާތުގައި ރަށުގެ އަމިއްލަ ޖަމްޢިއްޔާ އަކާއި ހަވާލުކޮށްގެންނެވެ. އަމިއްލަ ޖަމްޢިއްޔާއަކުން މިރަށުގައި ޤުރުއާން ކުލާހެއް ހިންގަމުން ދެއެވެ.
ޞިއްޙަތު
މާޅޮހުގައި ސިއްޙީ ޚިދުމަތް މީގެ އަހަރުތަކެއް ކުރިން ދެވެމުން އައީ އާއިލާގެ އެހީތެރިންގެ ފެންވަރުގައި މިރަށު އޮފީހުގައެވެ. މިހާރު ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިވެ 3 ވަނަ ދަރަޖައިގެ ސިއްޙީމަރުކަޒެއް ހުރެއެވެ. މިމަރުކަޒުގައި ޑޮކްޓަރަކާއި 2 ނަރުހުންގެ ޚިދުމަތް ލިބެން ހުރެއެވެ.
ޕަބްލިކް ހެލްތުގެ ޚިދުމަތް ދެވެމުންދަނީ ސިއްޙީ މަރުކަޒުންނެވެ. ބޭސްފިހާރައިގެ ޚިދުމަތް ދެމުންދަނި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ސިއްޙީމަރުކަޒުގެ އިމާރާތުގައެވެ.
ސިއްޙީ މަރުކަޒުގައި އެމްބިއުލާންސްގެ ޚިދުމަތް ދެވެމުން ދެއެވެ. ނަމަވެސް ލެބޯޓްރީގެ ޚިދުމަތް ލިބެން ނެތުމާއެކު، ބޮޑެތި ބަލިތަކާއި، އެކިބަލިތަކާ ގުޅޭގޮތުން ހަދަންޖެހޭ ލެބޯޓްޚިދުމަތް ހޯދުމަށް ރަށާއެންމެ ކައިރިން ދާންޖެހެނީ އަތޮޅުހޮސްޕިޓަލް ހުންނަ އޭދަފުއްޓަށެވެ.
މާޅޮހުގެ ތާރީޚް
ދޮންބަންޑާރައިންގެ ދުވަސްވަރު ރާއްޖޭގެ އަމަންއަމާންކަން ބެލެހެއްޓުމަށް ފަރަންސޭސި ވިލާތުން ގެންނެވި 25 ސިފައިންނަށް މުސާރަދޭން ފައިސާ ސަރުކާރުގައި ނެތިގެން މިކަމާ ކަންބޮޑުވެ ވަޑައިގެން ދޮންބަންޑާރައިން ދުޢާއެއް ކުރެއްވުމާއި ގުޅިގެން އެދުވަސްވަރު މާޅޮހަށް (ބ. އަތޮޅު މާޅޮސް) ލެއްގި ދެހަންދަރުބައިގެ މާވަހަރެއް ސަރުކާރަށް ގެންދަވާ އެމާވަހަރު އެއްގޮތަށް ފަރަންސޭސިވިލާތަށް ވިއްކަވާ އެ 25 މީހުންނަށް މުސާރަދެއްވާ ބާކީހުރިފައިސާ ސަރުކާރަށް ފަރަންސޭސިވިލާތުން ފޮނުއްވާފާވެއެވެ.
ކިޔާފައިވަނީ: 6273 ފަހަރު އެންމެފަހުން އަޕްޑޭޓް ކޮށްފައިވަނީ : އަންގާރަ, 30 ސެޕްޓެންބަރ 2014 15:35

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit