އޭދަފުށީގައި ހުރި ސަރުކާރު އޮފީސް އަދި ކުންފުނިތަކަށް ހުޅުވާލައިގެން ބ.އަތޮޅު ކައުންސިލުން ބާއްވާ އިންޓަރ އޮފީސް ބެޑްމިންޓަން މުބާރާތުގެ ގުރު ނަގައިފިއެވެ.
މިއަދު މެންދުރު ބ.އަތޮޅު ކައުންސިލްގައި އޮތް މި ރަސްމީޔާތުގައި މުބާރާތުގައި ބައިވެރިވި 5 ޓީމް ވަނީ 2 ގްރޫޕަކަށް ބަހާލާފައެވެ.
މި މުބާރާތުގެ ގްރޫޕް އޭ ގައި ހިމެނޭ ޓީމްތަކަކީ ބ. އަތޮޅު ކައުންސިލް، ދިރާގު އަދި ބ. އަތޮޅު ހޮސްޕިޓަލް އެވެ..
ގްރޫޕް ބީ ގައި ހިމެނުނު ޓީމްތަކަކީ ބ. އަތޮޅު ތައުލީމީ މަރުކަޒު އަދި ކޮމަބައިންޑް ޓީމް ބޮބް ( ބައޮސްފިއަރ ރިޒާވް އޮފީސް، އުރީދޫ އަދި ބޭންކް އޮފް މޯލްޑިވްސް) އެވެ..
އަތޮޅު ކައުންސިލު ރައީސް މަބުރޫކް ނަޞީރު ވިދާޅުވީ މިފަދަ މުބާރާތެއް ބޭއްވުމުގެ މަގުސަދަކީ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުން އެއް ތަނަކުން ބައްދަލުވެ އެކުވެރިކަން އާލާކުރުން ކަމަށެވެ.
މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވާ ތާވަލް