ކައުންސިލް ލޮގިން

31 އޮކްޓޯބަރ

އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ލައިސަންސް ނަގަން ހަދަން ޖެހޭ އަމަލީ އިމްތިހާން ހެދުމަށް ތައްޔާރު ކުރެވުނު ލައިސަންސް ޓްރެކް ހުޅުވައިފި

އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ލައިސަންސް ނަގަން ހަދަން ޖެހޭ އަމަލީ އިމްތިހާން ހެދުމަށް ބ. އަތޮޅު ކައުންސިލުން އޭދަފުށީގައި ތައްޔާރުކުރި ޑްރައިވިން ޓްރެކް އާދިއްތަ ދުވަހުގެރޭ ހުޅުވައިފި އެވެ.
އޭދަފުށި ހުޅަނގު ސަރަހައްދުގައި އަލަށް ގާއިމްކުރި ޓްރެކް ހުޅުއްވައިދެއްވީ ބ. އަތޮޅު ކައުންސިލުގެ ރައީސް މަބުރޫކް ނަސީރު އެވެ. މި ރަސްމިއްޔާތުގައި އޭދަފުށީގައިހުރި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ އިސް ބޭފުޅުންނާއި ކައުންސިލްގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން މަބުރޫކް ވިދާޅުވީ މިއީ ބ. އަތޮޅު ކައުންސިލުންދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އަދި ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި މިހާރުން މިހާރަށް ކުރަންޖެހިފައި އޮތް މަސައްކަތެއް ކަމަށެވެ.
މަބުރޫކް ވިދާޅުވި ގޮތުގައި ގާތްގަޑަކަށް ދޮޅު މިލިއަނެއްހާ ރުފިޔާގެ މި މަސައްކަތް މީގެ ދެބައިކުޅަ އެއްބައިހާ ކުޑަ އަގަކުން ނިންމާލެވުނީ ކައުންސިލު އިދާރާގެ މުވައްޒަފުންގެ ބުރަ މަސައްކަތުންނެވެ.
ބ. އަތޮޅުގެ ރަށްރަށުގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ބޭނުންވާ އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ އަމަލީ އިމްތިހާން ބާއްވަމުން އަންނަނީ ބ. އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުން އޭދަފުށީގަ އެވެ. މިވަގުތު މިއިމްތިހާން ބާއްވަމުން އަންނަނީ އޭދަފުށީ ރަސްމީ ސްޓޭޖް ސަރަހައްދުގެ ވެލި ބިމުގައެވެ. އެ ސަރަހައްދުގައި ޑްރައިވިން ޓެސްޓް ހަދާ ފަރާތްތަކުން ތަފާތު އެކި މައްސަލަތައް އަބަދުވެސް ކުރިމަތިވަމުންދާތީ އެކަމުގެ ޝަކުވާތައް ދަނީ ކުރަމުންނެވެ.
ނަމަވެސް މި ހުޅުވުނު ޑްރައިވިންގ ޓްރެކްގެ ސަބަބުން މި މައްސަލަތަކަށް ވެސް ހައްލެއް ލިބި، އަތޮޅު ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަވެގެންދާނެ ކަމަށް މަބުރޫކް ވިދާޅުވި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ މިންގަނޑަށް ފެތޭގޮތަށް 18400 އަކަފޫޓްގެ ބިމެއްގައި ތައްޔާރުކުރެވުނު މިޓްރެކްގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2016ވަނަ އަހަރުގެ ކުރީކޮޅުގައެވެ. ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދެވުނު މި މަސައްކަތް ނިންމާލާފައިވާއިރު، ރޭގަނޑުވެސް ދުއްވޭ ގޮތަށް އަތޮޅު ތެރޭގައި ޤާއިމްކުރެވިފައިވާ އެންމެ ޒަމާނީ ފެންވަރުގެ އެއް ޓްރެކަށް މިޓްރެކް ވެގެން ދާނެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

* ޖަހާފަިއވާ ހުރިހާ ގޮޅިއެއް ފުރިހަމަ ކުރައްވާ

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit